މިއީ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ އަށްވަނަ ބާބުގައި އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅުއްވާފައިވާތީ، އިދާރީ ދާއިރާތައް ހިންގުމުގެ އަސާސްތަކާއި އެ ނިޒާމު ހިންގުމަށް ބޭނުންވާ އިދާރާތަކާއި ބާރާއި މަސްއޫލިއްޔަތު ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވީ ބުދަ ދުވަހު އޮތް އޮތް އެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ފާސްކުރެއްވި" ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު" ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން 17 މެއި 2010 ވީ ހޯމަ ދުވަހު ރައީސުލްޖުމުޖޫރިއްޔާ ތަޞްދީޤު ކުރެއްވުމުން އެ ޤާނޫނުން ލާޒިމުކޮށްގެން ވުޖޫކުރެވުނު މުއައްސަސާއެކެވެ. މިގޮތުން، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ، 04 އޯގަސްޓް 2010 ގައެވެ.
މި މުވައްސަސާގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމެވެ.

ބާރާއި މަސްއޫލިއްޔަތު

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތު ބަޔާންކުރެވިފައިވަނީ ޤާނޫނު ނަންބަރު 07/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އަށްވަނަ ބާބުގައެވެ.

އިތުރަށް ބަލައިލާ