މި އޮތޯރިޓީން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރޭގައި، މި އޮތޯރިޓީން ކުރާ އެންމެހާ މަސައްކަތްތަކާއި ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތާއި، މި އޮތޯރިޓީގެ ބޯޑު މެންބަރުންނާއި މުވައްޒަފުންނާބެހޭ މައުލޫމާތާއި، ހަރަދާއި ބަޖެޓް އަދި ޕްރޮކިއުމެންޓްތަކާ ގުޅޭ މައުލޫމާތުތައް ހިމެނެއެވެ.
މި މައުލޫމާތުގެ އިތުރުން، ކޮންމެ ހަފްތާއަކުވެސް އެ ހަފްތާއެއްގައި މި އޮތޯރިޓީން ކުރެވުނު މުހިއްމު މަސައްކަތްތަކާއި ބައިވެރިވި މުހިއްމު ބައްދަލުވުންތައް އަދި ލިބިފައިވާ ލިޔެކިޔުމުގެ އަދަދާއި އެތަކެއްޗަށް ޖަވާބުދެވުނު މިންވަރު ހާމަކޮށް ރިޕޯޓެއް އާއްމުކުރެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ނެރޭ އަހަރީ ރިޕޯޓްގައި މި ހުރިހާ ހަރަކާތްތަކެއްގެ ތަފްސީލު ހިމެނިފައިވާނެއެވެ.
މީގެ އިތުރުންވެސް ތިރީގައިވާ މައުލޫމާތުތަކަކީ މި އޮތޯރިޓީން ގެންގުޅޭ ބަލަހައްޓަމުންދާ މައުލޫމާތެވެ.
  • މި އޮތޯރިޓީއަށް ހުށަހެޅޭ އެކި އެކި މައްސަލަތަކާ ގުޅޭ މައުލޫމާތު
  • އެކި ކަންކަމާއި ގުޅިގެން މި އޮތޯރިޓީން ތައްޔާރުކުރާ ރިޕޯޓްތަކާއި އެކަމާއި ގުޅުންހުރި ލިޔެކިޔުންތައް
  • އެކި ފަރާތްތަކުން މި އޮތޯރިޓީއަށް ފޮނުވާ ސިޓީ/އީމެއިލް އަދި އެތަކެއްޗަށް ދެވޭ ޖަވާބުގެ މައުލޫމާތު
  • މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ރިކުއެސްޓްތަކާއި ގުޅޭ މައުލޫމާތު
  • މި އޮތޯރިޓީން އަމަލުކުރާ ގާނޫނާއި ގަވާއިދާއި އުސޫލުތައް
  • ކައުންސިލްތަކުން އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދާއި އުސޫލުތައް
  • ކައުންސިލްތަކުގެ މޮނީޓަރިންގ ރިޕޯޓް
  • މި އޮތޯރިޓީގެ ކުރިޔަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނާއި ސްޓްރަޓީޖިކް އެއިމްސް
  • މި އޮތޯރިޓީގެ އަހަރީ ވޯކްޕްލޭންނާއި އެ ހަރަކާތްތަކަށް ހިނގާނޭ ކަމަށް ލަފާކުރާ ހަރަދު
  • މި އޮތޯރިޓީގެ އަހަރީ ބަޖެޓް
  • މި އޮތޯރިޓީގެ އަހަރީ ރިޕޯޓްތައް
  • އޮޑިޓް ރިޕޯޓްތައް
  • މި އޮތޯރިޓީގެ ޕްރޮކިއުމަންޓާއި އަންދާސީ ހިސާބުތަކުގެ މައުލޫމާތު
  • މި އޮތޯރިޓީގެ އިންވެންޓްރީ އާއި ސްޓޮކް ރިކޯޑުގެ މައޫލޫމާތު 
  • މި އޮތޯރިޓީގެ ވަޒީފާތަކަށް މީހުން ނެގުމުގައި މާކްސްދެވުނު ގޮތުގެ ސްކޯރ ޝީޓާއި އެކަމާއި ގުޅޭ އެންމެހާ މައުލޫމާތުތައް
  • މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކުގެ ތަފްސީލް
  • މި އޮތޯރިޓީގެ ސެކްޝަންތަކުގެ މެންޑޭޓާއި އިންޓާނަލް ކޮމިޓީތަކުގެ މެންޑޭޓާއި މައުލޫމާތު
  • މި އޮތޯރިޓީގެ ބޯޑު ބައްދަލުވުންތަކާއި، އެކި އެކި އިންޓާނަލް ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ
  • މި އޮތޯރިޓީން އެކި ފަރާތްތަކާއި މެދު ވެވޭ އެއްބަސްވުންތަކުގެ މައުލޫމާތު
މި ޕޭޖުގައިވާ ލިޔުން ލެޓަރހެޑުގައި ޑައުންލޯޑު ކުރުމަށް
Gengulhe Balahatta Mauloomaathu
ޑައުންލޯޑް ކޮށްލާ (144.4 KB)