ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮއްދެއްވައިފި

24 ޑިސެމްބަރު 2023

ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސުން މަތީ ވަނަތަށް ޙާޞިލް ކުރާ ކައުންސިލްތަކަށް ދެމުންދާ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު 2023 ޑިސެމްބަރ 20 ވީ ބުދަ ދުވަހުގެ ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ހާއްސަ ކުރެވިފައިވަނީ 2021 އަދި 2022 ވަނަ އަހަރުގެ ކަންގަތި އެވޯޑް ދިނުމަށެވެ. ދަރުބާރުގޭގައި ކުރިޔަށްގެންދެވުނު މިރަސްމިއްޔާތުގައި ދވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޑރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮއްދެއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން، ބޭރުގައުމުތަކުގެ ސަފީރުން، އޮތޯރިޓީގެ ބޯޑުގެ މެންބަރުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުން، ކައުންސިލްތަކުގެ އިސްވެރިންނާއި މި އޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ކަންގަތި އެވޯޑް ދިނުމުގައި ބަލާ މިންގަޑު، ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއިއަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރަމުންދެވެއެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް ރޭންކް ކުރެވެމުންދެއެވެ. މީ ގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު، ކައުންސިލްސް ޕަރފޯމަންސް މިންކުރުމުގައި ޢަމަލުކުރަމުން ގެންދާ ގޮތް މުރާޖާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި މަސައްކަތް ނިމުމުން، އަންނަ އަހަރު ރަށު އަދި އަތޮޅު ކައުންސިލްތަކެކޭ އެއްގޮތަށް ސިޓީ ކައުންސިލްތަކުގެ ޕާރފޯމަންސް މިންކުރުމުގެ މަސައްކަތްވެސް ފެށިގެން ދާނެއެވެ.
2021 އަދި 2022 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސުން ސަބް އިންޑެކްސްތަކުން ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަށް ދެވޭ މާރާދަ ހަނދާނީ ފިލާ އާއި ފާއިތުވެދިޔަ އަހަރުގެ ރޭންކިންއާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލަށް ދެވޭ ކާންނާ ހަނދާނީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
އަދި 2022 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސްގެ ރޭކިންއަށް ބަލައި އަތޮޅު ކައުންސިލުތަކަށް ދެވޭ ގަދަހަމާންތި ދަރަޖައާއި، ރަށު ކައުންސިލުތަކަށް ދެވޭ އަދި ރަނަހަމާންތި ދަރަޖައިގެ ވަނަ، ވަނަ އަދި ވަނަ އަށް ދެވޭ ކަންގަތި އެވޯޑާއި، 2021 އަދި 2022 ވަނަ އަހަރު ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހެޔޮ ހިންގުމުގެ އަސާސްތައް ކުރިއަރުވައި، ނަމޫނާ ރަށްވެހި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދީފައިވާތީ، ސިޓީ ކައުންސިލަށް ދެވޭ ހިރިހަމާންތި އެވޯޑް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެޙެމާން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޑރ މުޙައްމަދު މުޢިއްޒުއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް 2021 އަދި 2022 ގެ ނަތީޖާ ފޮތް ޝަރަފުވެރި މެޙެމާން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޑރ މުޙައްމަދު މުޢިއްޒު ނެރެދެއްވިއެވެ.
 
2021 އަދި 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާރފޯނަންސް އިންޑެކްސްއިން ވަނަތައް ޙާސިލްކޮށްފައިވާ ކައުންސިލަތައް
ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ މަތީ ދަރަޖަ ހޯދައިގެން ގަދަހަމާންތި އިއްޒަތް ހާޞިލްކުރާ އަތޮޅު ކައުންސިލްތައް
2021           
މިލަދުންމަޑުލު އުތުރުބުރި އަތޮޅު ކައުންސިލް
ފުރަތަމަ ދަރަޖަ
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
ދެވަނަ ދަރަޖަ
ހައްދުންމަތީ އަތޮޅު ކައުންސިލް
ތިންވަނަ ދަރަޖަ
2022
ނިލަންދެއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލް
ފުރަތަމަ ދަރަޖަ
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް
ދެވަނަ ދަރަޖަ
ހައްދުންމަތީ އަތޮޅު ކައުންސިލް
ތިންވަނަ ދަރަޖަ
 
ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ މަތީ ދަރަޖަ ހޯދައިގެން ރަނަހަމާންތި އިއްޒަތް ހާޞިލްކުރާ ރަށު ކައުންސިލްތައް
2021           
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
ފުރަތަމަ ދަރަޖަ
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް
ދެވަނަ ދަރަޖަ
ތިލަދުންމަތީ އުތުރުބުރީ  ތުރާކުނު ކައުންސިލް
ތިންވަނަ ދަރަޖަ
2022
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
ފުރަތަމަ ދަރަޖަ
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް
ދެވަނަ ދަރަޖަ
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލް
ތިންވަނަ ދަރަޖަ
 
ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ސަބްއިންޑެކްސްތަކުގެ ބައިން އެންމެ މަތީ ދަރަޖަ ހޯދައިގެން މާރާދަ ހަނދާނީ ފިލާ ހާޞިލްކުރާ އަތޮޅު އަދި ރަށުކައުންސިލްތައް
 
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވަދޭ އިންޑެކްސް
2021           
ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
ފާދިއްޕޮޅު ކުރެންދޫ ކައުންސިލް
1
ރަށު ކައުންސިލް
2022
ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
މުލަކުއަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
1
ރަށު ކައުންސިލް
 
އިފެކްޓިވްނަސް އިންޑެކްސް
2021           
މިލަދުންމަޑުލު އުތުރުބުރި އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް
1
ރަށު ކައުންސިލް
2022
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
1
ރަށު ކައުންސިލް
 
ޕާރޓިސިޕޭޝަން އިންޑެކްސް
2021           
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
1
ރަށު ކައުންސިލް
2022
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
1
ރަށު ކައުންސިލް
 
އެކައުންޓަބިލިޓީ އިންޑެކްސް
2021           
މިލަދުންމަޑުލު އުތުރުބުރި އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
ކޮޅުމަޑުލު ބުރުނީ ކައުންސިލް
1
ރަށު ކައުންސިލް
2022
މިލަދުންމަޑުލު އުތުރުބުރި އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
1
ރަށު ކައުންސިލް
ސެކިއުރުޓީ އިންޑެކްސް
2021           
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް
1
ރަށު ކައުންސިލް
2022
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
1
ރަށު ކައުންސިލް
 
ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ކުރީ އަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ ހާޞިލްކުރާ އަތޮޅު އަދި ރަށު ކައުންސިލް
2021           
މިލަދުންމަޑުލު އުތުރުބުރި އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް
1
ރަށު ކައުންސިލް
2022           
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް
1
އަތޮޅު ކައުންސިލް
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް
1
ރަށު ކައުންސިލް
 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް