ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ.ގުރައިދޫ ކުރިޔަށްގެންދާ އާއިލީ ހަވީރު ފެށިގެން ކުރިޔަށްދަނީ

24 މާރިޗު 2018

ލޯކަލްގަވަރމަންޓް އޮތޯރިޓީއާއި ކ.ގުރައިދޫ ކައުންސިލް ގުޅިގެން ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.ގުރައިދޫގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެތެރެއިން "އާއިލީ ހަވީރު" މިއަދު ހަވީރު 4:30 ގައި ފެށިއްޖެއެވެ.  އެ ރަށު ބޯޅަދަނޑުގައި ކުރިޔަށްދާ މި ހަރަކާތުގައި އެރަށުގެ ވަރަށް ގިނަ މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.
ކުޑަކުދިންނަށް އަމާޒުކުރެވިގެން ކުރިޔަށް މިގެންދާ އާއިލީ ހަވީރުގައި އެކި އުމުރުފުރާތަކުގެ ކުދިންނަށް، އާއްމު މައުލޫމާތު ފޯރުކޮށްދެވޭ ގޮތައް ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ވަނީ އިންތިޒާމުކުރެވިފައެވެ. މި ހަވީރުގައި އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ކުދިންދަނީ ބައިވެރިވަމުންނެވެ.
އާއިލީ ހަވީރު މިއަދުގެ އިރުއޮއްސުމާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް