ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން އެވެއަރނަސް ސެޝަނެއް ހިންގައިފި

25 އޮކްޓޯބަރު 2018

ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން އޮފީސްތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިޔަށް ގެންދާ ސިލްސިލާގެތެރޭން، ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުންނަށް އެވެއާނަސް ސެޝަންއެއް ހިންގައިފިއެވެ. މި ސެޝަންގައި ހިމެނުނު ބައިތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތަކުގެ މައިގަނޑު މަސްއޫލިއްޔަތު ހިމެނެއެވެ. މި ސެޝަންގެ މައިގަނޑު މަޤްސަދަކީ ލާމަރުކަޒީ ނިޒާމަށް އަހުލުވެރިކުރުވުމާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރުމުގައި އޮފީސްތަކުގެ މުވައްޒަފުންނަށް ފަސޭހަވެގެންދިއުމެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް