2019ވަނަ އަހަރުގެ ކައުންސިލްތަކުގެ ރޭންކިންގ އިޢުލާނުކޮށްފި

26 ފެބްރުއަރީ 2021

 
ލޯކަލް ކައުންސިލްސް ޕާރފޯމެންސް އިންޑެކްސް 2019 އަށް ބިނާކޮށް އެކުލަވާލައިފައިވާ ”ކައުންސިލްތަކުގެ ރޭންކިންގ 2019" 2021 ފެބްރުވަރީ 26 ވަނަ ދުވަހުވަނީ އާންމުކުރެވިފައެވެ.
ލާމަރުކަޒީ ދުވަހާއި ގުޅިގެން ބާއްވާ އެކިއެކި ޙަރަކާތްތަކުގެ ތެރެއިން ކައުންސިލްތަކުގެ ރޭކިންގ 2019 އާންމުކޮށްފައިވަނީ 2021 ފެބްރުވަރީ 26 ވީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލައިވް ކޮށްގެންނެވެ. 2019 ވަނަ އަހަރުގެ ކައުންސިލްތަކުގެ ރޭންކިންގ އިއުލާންކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ އަލްފާޟިލާ ފާޠިމަތު އަފްޝާން ލަތީފް  އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝަރީފްއެވެ.
ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް  2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް ރޭންކް ކުރެވެމުންދެއެވެ.
ޕާފޯމަންސް އިންޑެކްސް އެވާޑް ދެވޭ ދަރަޖަތަކަކީ:
ގަދަހަމާންތި ދަރަޖަ: މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި އަތޮޅު ކައުންސިލްތަކުން 1 ވަނަ 2 ވަނަ 3 ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ ޢިއްޒަތެވެ. މިބައިން ވަނަވަނަތަކަށް ގޮސްފައިވަނީ
 
 
ރަނަހަމާންތި ދަރަޖަ : މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި ރަށު ކައުންސިލްތަކުން 1 ވަނަ 2 ވަނަ 3 ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ ޢިއްޒަތެވެ. މިބައިން ވަނަވަނަތަކަށް ގޮސްފައިވަނީ
މާރާދަ ހަނދާނީ ފިލާ: މިއީ ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާއެވެ. އެގޮތުން މާރަދާ ހަދާނީ ފިލާއިން
ކޮޅުމަޑުލު އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލަކީ
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
ރަށު ކައުންސިލަކީ
 
ފާދިއްޕޮޅު އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލަކީ
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
ރަށު ކައުންސިލަކީ
 
ފާދިއްޕޮޅު އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލަކީ
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
ރަށު ކައުންސިލަކީ
 
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލަކީ
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
ރަށު ކައުންސިލަކީ
 
 
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލަކީ
މާލެއަތޮޅު ދިއްފުށީ ކައުންސިލް
ރަށު ކައުންސިލަކީ
 
ކާންނާ ހަނދާނީ ފިލާ: މިއީ ފާއިތުވެދިޔަ އަހަރުގެ އިންޑެކްސްއާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
އަތޮޅު ކައުންސިލަކީ
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
ރަށު ކައުންސިލަކީ
 
'ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް'ގެ ދަރަޖަތަކަށް ބަލާ ވަނަ ވަނަ އަށް އަންނަ ކައުންސިލްތަކަށް އެރުވޭ "ކަންގަތި އެވޯޑު"، ދިނުމަށް، 2016 ވަނަ އަހަރުން ފެށިގެން  ކުލަ ގަދަ ރަސްމިއްޔާތެއް އަންނަނީ ބާއްވަމުންނެވެ. 2019 ވަނަ އަހަރު  ކައުންސިލްތަކުން ކޮށްފައިވާ މަސައްކަތްތައް ރޭންކް ކުރެވިފައިވީ ނަމަވެސް، ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކަންގަތި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ވަނީ ނުބޭއްވިއެވެ.
ނަމަވެސް، ކައުންސިލްތަކުގެ 2020 ވަނަ އަހަރުގެ ޕާރފޯމަންސް މިންކުރުމަށްފަހު، ކޮވިޑް-19 ގެ މިހާލަތު އާންމު ހާލަތަށް ބަދަލުވެގެން ދިއުމުން، 2019 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ވަނަ ވަނަ އަށް އައި ކައުންސިލްތަކަށް ވެސް އެވޯޑު ދެވިގެންދާނެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް