ވިލިމާލެ މަސް މާރުކޭޓް އިމާރާތް ކުރުމުގެ ޕްރޮޖެކްޓް ކުރިޔަށްގެންދިޔުމަށް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފި

25 މާރިޗު 2021

މި އޮތޯރިޓީގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ވިލިމާލެ މަސްމާރުކޭޓް އިމާރާތްކުރުމުގެ ޕްރޮޖެކްޓް މާލެ ސިޓީ ކައުންސިލުން ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފިއެވެ. މިއަދު ބޭއްވުނު ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ ސިފާ މުޙައްމަދު، ޑެފިޔުޓީ މޭޔަރ ޝަމާއު ޝަރީފް، ވިލިމާލެ ދާއިރާ ތަމްސީލް ކުރައްވާ ހަމްނާ ވަޙީދުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު ބައިވެރިވެލެއްވިއެވެ. 
 
މި އެއްބަސްވުމުގައި މި އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފެވެ. އަދި މާލެ ސިޓީ ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ސިފާ މުޙައްމަދެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް