ކައުންސިލުތަކަށްދޭ ކަންގަތި އެވޯޑް ދީފި

28 ފެބްރުއަރީ 2022

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު 2022 ފެބުރުވަރީ 24 ވީ ބުރާސްފަތި ދުވަހުގެ ރޭ ހ. މީރުމާ ހޯލްގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތަކީ 2019 އަދި 2020 ވަނަ އަހަރު ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން މަތީ ވަނަތައް ޙާޞިލް ކުރި ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ޝަރަފުވެރިކޮއްދެއްވި މި ރަސްމިއްޔާތުގައި ތޭރަ ކައުންސިލަކުން ޖުމުލަ 36 އެވޯޑު ހާޞިލްކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް 2019، 2020 ގެ ނަތީޖާ ފޮތް ނެރެދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއެވެ.
ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް ރޭންކް ކުރެވެމުންދެއެވެ. މީ ގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު، ކައުންސިލްސް ޕަރފޯމަންސް މިންކުރުމުގައި ޢަމަލުކުރަމުން ގެންދާ ގޮތް ޔޫ.އެން.ޑީ.ޕީ ގެ އެހީތެރިކަމާއެކު މުރާޖާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި މަސައްކަތް ނިމުމުން، ރަށު އަދި އަތޮޅު ކައުންސިލްތަކެކޭ އެއްގޮތަށް ސިޓީ ކައުންސިލްތަކުގެ ޕާރފޯމަންސް މިންކުރުމުގެ މަސައްކަތްވެސް ފެށިގެން ދާނެއެވެ.
 
2019 ވަނަ އަހަރު ޕާފޯމަންސް އިންޑެކްސް އެވޯޑް ދެވޭ ދަރަޖަތަކަކީ:
ގަދަހަމާންތި ދަރަޖަ:  މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި އަތޮޅު ކައުންސިލްތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ ޢިއްޒަތެވެ. މިބައިން 2019 ވަނަ އަހަރު ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަކީ:
 
 
ރަނަހަމާންތި ދަރަޖަ : މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި ރަށު ކައުންސިލްތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ ޢިއްޒަތެވެ. މިބައިން 2019 ވަނަ އަހަރު ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަކީ:
 
 
މާރާދަ ހަނދާނީ ފިލާ:   މިއީ ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަތޮޅު އަދި ރަށު ކައުންސިލަށް އެރުވޭ ހަނދާނީ ފިލައެކެވެ. އެގޮތުން މާރަދާ ހަދާނީ ފިލާއިން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސް
    އަތޮޅު ކައުންސިލް 1. ކޮޅުމަޑުލު އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
 
އިފެކްޓިވްނަސް އިންޑެކްސް
    އަތޮޅު ކައުންސިލް 1. ފާދިއްޕޮޅު އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
 
ޕާރޓިސިޕޭޝަން އިންޑެކްސް
    އަތޮޅު ކައުންސިލް 1. ފާދިއްޕޮޅޫ އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
 
އެކައުންޓަބިލިޓީ އިންޑެކްސް
    އަތޮޅު ކައުންސިލް 1. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
 
ސެކިއުރިޓީ އިންޑެކްސް
    އަތޮޅު ކައުންސިލް 1. ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. މާލެއަތޮޅު ދިއްފުށީ ކައުންސިލް
 
ކާންނާ ހަނދާނީ ފިލާ : މިއީ ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސްގެ ކުރީ އަހަރުގެ ނަތީޖާއާއި އަޅާބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއްހޯދާ ކައުންސިލްށް އެރުވޭ ހަނދާނީ ފިލައެކެވެ. މިގޮތުން 2019 ވަނަ އަހަރު ކާންނާ ހަނދާނީފިލާ ހާސިލުކުރީ
 
    އަތޮޅު ކައުންސިލް 1. ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
 
 
 
 
 
2020 ވަނަ އަހަރު ޕާފޯމަންސް އިންޑެކްސް އެވޯޑް ދެވޭ ދަރަޖަތަކަކީ:
ގަދަހަމާންތި ދަރަޖަ: މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި އަތޮޅު ކައުންސިލްތަކުން 1 ވަނަ 2 ވަނަ 3 ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ ޢިއްޒަތެވެ. މިބައިން 2020 ވަނަ އަހަރު ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަކީ:
 
 
ރަނަހަމާންތި ދަރަޖަ: މިއީ އިންޑެކްސްގެ ނަތީޖާއަށް ބަލައި ރަށު ކައުންސިލްތަކުން 1 ވަނަ 2 ވަނަ 3 ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ ޢިއްޒަތެވެ. މިބައިން 2020 ވަނަ އަހަރު ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަކީ:
 
 
މާރާދަ ހަނދާނީ ފިލާ: މިއީ ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާއެވެ. އެގޮތުން މާރަދާ ހަދާނީ ފިލާއިން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސް
    އަތޮޅު ކައުންސިލް 1. ކޮޅުމަޑުލު އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. ނިލަންދެއަތޮޅު ނިލަންދޫ ކައުންސިލް
 
އިފެކްޓިވްނަސް އިންޑެކްސް
    އަތޮޅު ކައުންސިލް 1. ކޮޅުމަޑުލު އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
 
ޕާރޓިސިޕޭޝަން އިންޑެކްސް
    އަތޮޅު ކައުންސިލް 1. ކޮޅުމަޑުލު އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
 
އެކައުންޓަބިލިޓީ އިންޑެކްސް
    އަތޮޅު ކައުންސިލް 1. ފާދިއްޕޮޅު އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
 
ސެކިއުރިޓީ އިންޑެކްސް
    އަތޮޅު ކައުންސިލް 1. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
 
ކާންނާ ހަނދާނީ ފިލާ : މިއީ ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސްގެ ކުރީ އަހަރުގެ ނަތީޖާއާއި އަޅާބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއްހޯދާ ކައުންސިލްށް އެރުވޭ ހަނދާނީ ފިލައެކެވެ. މިގޮތުން 2020 ވަނަ އަހަރު ކާންނާ ހަނދާނީފިލާ ހާސިލުކުރީ
 
    އަތޮޅު ކައުންސިލް 1. ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
    ރަށު ކައުންސިލް  1. މުލަކަތޮޅު ރަތްމަންދޫ ކައުންސިލް
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް