ފަސް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި ހަވާލުކޮށްފި

03 މާރިޗު 2022

މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން  ފަސް މަޝްރޫއުއެއް ކައުންސިލްތަކުން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފިއެވެ. އެގޮތުން ހަވާލުކުރެވުނު މަޝްރޫއުތަކަކީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު، ލ. ކަލައިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު، ތ. ކިނބިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު، ލ. ދަނބިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު އަދި ޅ. ހިންނަވަރު ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު އެވެ.  މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 03 މާރިޗު 2022 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި އެއްބަސްވުންތަކުގައި  އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރެވެ. މި ބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސީ.އީ.އޯ ދެއްކެވި ވާހަކަ ފުޅުގައި މި ޕްރޮޖެކްޓްތަކުގެ މުހިންމުކަން ފާހާގަކުރައްވައި، ޕްރޮޖެކްޓް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލް.ޖީ.އޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެކަން ފާހަގަކޮށް، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލި އަޅުއްވާ ލެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، ކައުންސިލްތައް ތަރަށްގީކޮށް ކައުންސިލްތަކަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަކުރެއްވިއެވެ.
ކައުންސިލްތަކުން ދެއްކެވި ވާހަކަފުޅުގައި މި ޕްރޮޖެކްޓްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރު ހުރި އިމާރާތުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދިނުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް މި ޤާއިމްކުރެވޭ އިމާރާތްތަކުން މި މައްސަލަތަކަށް ރައްޔިތުންނަށް އެތައް ފައިދާތަކެއް ކުރާނެކަން ފާހަގަކުރެއްވިއެވެ.
ތިރީގައި މިވަނީ މި ޕްރޮޖެކްޓްތަކަށް މިވަގުތަށް ބަޖެޓް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެވެ.
މަޝްރޫއު ގެ ނަން
2022
2023
2024
ޖުމްލަ
ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު
5,000,000
9,250,000
750,000
15,000,000
ލ. ކަލައިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު
846,750
1,600,865
1,592,360
4,039,975
ތ. ކިނބިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު
750,000
1,506,571
1,366,281
3,622,852
ލ. ދަނބިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު
719,738
1,360,735
1,353,506
3,433,979
ޅ. ހިންނަވަރު ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު
880,118
1,663,950
1,655,110
4,199,178
 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް