ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރު ނިމިއްޖެ

10 ސެޕްޓެމްބަރު 2022

ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ހައްދުންމަތީ ގަމުގައި ކުރިޔަށް ގެންދިޔަ ހަތަރުވަނަ ފަނޯއްލަ ދަރުބާރު މިއަދު ނިމިއްޖެއެވެ. ލޯކަލްގަވަރމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ޔޫ.އެސް.އެއިޑްގެ އެހީގައި ކުރިޔަށް ގެންދިޔަ މި ދަރުބާރުގައި  ކަނޑައެޅިފައިވާ ހަތަރު ދާއިރާއަކާއި ގުޅޭ ގޮތުން ވަނީ  މަޝްވަރާކުރެވިފައެވެ. މި ދާއިރާ ތަކަކީ:  
ބައިވެރިކުރަނިވި މުޖުތަމައެއް ބިނާކުރުން
މުޖުތަމަޢުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ޤުދުރަތީ ވަޞީލަތްތައް
ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައިވާ ވަޞީލަތްތައް އެކަށައަޅައި ބޭނުންކުރުމާއި ކައުންސިލްތަކުގެ މާލީ ބާރުވެރިކަން
މޫސުމީ ބަދަލަށް ވިލުންވެރިކަން މުޖުތަމަޢުގައި އަށަގެންނެވުން
މި ދާއިރާތަކާއިގުޅޭ ގޮތުން ދަރުބާރުގެ ބައިވެރިން ކުރި މަޝްވަރާ ތަކަށް ފަހު ހަތަރު ދާއިރާއިން ވެސް ވިއަވަތި ކޮންފަރެންސަށް ހުށަހަޅާނެ ކަންތައްތަކެއްވަނީ ނިންމާފައެވެ.
މި ދަރުބާރުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އަށް ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތަކާއި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް