ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)،
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އަދި ނޭޝަނަލް ސެންޓަރ ފޮރ
އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގުޅިގެން ކުރިޔަށް ގެންދިޔަ
"ޖެމްސް ވާކްސްޕޭސް އާއި މައިކްރޮސޮފްޓް-365ގެ މުދައްރިބުން ތަމްރީނުކުރުމުގެ
ޕްރޮގްރާމް" ކާމިޔާބު ކަމާއެކު
ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިޔަށް ދިޔައީ 2025 މޭ 20 އިން 22 އަށް މާލޭގެ
އެން.ސީ.އައި.ޓީގެ އޮޑިޓޯރިއަމްގައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ
މައިކްރޮސޮފްޓް-365 އަދި އެން.ސީ.އައި.ޓީން ތައްޔާރުކޮށްފައިވާ ޖެމްސް ވާކްސްޕޭސް
ބޭނުންކޮށްގެން ކައުންސިލްތަކުގެ އިދާރީ ކަންކަން ހަރުދަނާކޮށް ބަލަހައްޓާނެ ގޮތް
ކިޔައިދީ، އެ މަޢުލޫމާތު އެހެން ކައުންސިލްތަކުގެ މެންބަރުންނާއި މުވައްޒަފުންނަށް
ފޯރުކޮށްދޭނެ ގޮތް މުދައްރިބުންނަށް ދަސްކޮށްދިނުމެވެ.
މިތަމްރީނުގެ ބައިވެރިންނަށް މައިކްރޮސޮފްޓް-365ގެ
އެޕްލިކޭޝަންތަކުގެ އެހީގައި އިދާރީ ކަންކަން ހަރުދަނާ ކުރާނެ ގޮތާއި، ޖެމްސް
ވާކްސްޕޭސް ބޭނުންކުރާނެ ގޮތުގެ އިތުރުން މި މަޢުލޫމާތުތައް އެހެން
ކައުންސިލްތަކަށް ފޯރުކޮށްދޭނެ ގޮތުގެ ސެޝަންތައް ނަގައިދެވިފައިވެއެވެ. އަދި މީގެ
އިތުރުން މައިކްރޮސޮފްޓް-365ގެ އެޕްލިކޭޝަންތައް ފުރިހަމަ ގޮތުގައި ބޭނުންކުރަން
ފެށުމަށް އިދާރީގޮތުން ކުރަން ހުރި ކަންކަން ހިމެނޭ ޕްލޭނެއް އެކުލަވާލެވިގެން
ދިޔައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި
ތަމްރީނުގައި އަތޮޅު ކައުންސިލްތަކުން 32 ފަރާތަކާއި، ސިޓީ ކައުންސިލްތަކުން 9 ފަރާތެއް އަދި އެލްޖީއޭގެ 4 މުވައްޒަފެއް ވަނީ ބައިވެރިވެފައެވެ. އަދި ތަމްރީނު
ނިންމާލުމުގެ ރަސްމިއްޔާތެއް ބާއްވައި، ތަމްރީނުގެ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލު ކުރެވިފައެވެ.