ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

17 މޭ 2025

މި އޮތޯރިޓީގެ 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 2025 މޭ 16 ވީ ހުކުރު ދުވަހުގެ ރޭ މާގިރި ހޮޓަލްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްފާވައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.
މި ހަފްލާގައި އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހެމާނު މި އޮތޯރިޓީގެ ރައީސް އޮނަރަބަލް އާދަމް ޝަރީފުގެ އިތުރުން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލެވެ.
މި ރަސްމިއްޔާތުގައި ހަތަރު ކެޓަގަރީއަކުން ޖުމްލަ 8 އެވޯޑް ދެވިފައިވެއެވެ. 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕަރފޯމަންސް އެވޯޑް ހާސިލްކުރި ފަރާތްތަކަށް ޚާއްޞަ ހަދިޔާތަކެއް ހުށަހެޅުނެވެ. މި ހަދިޔާތައް ސްޕޮންސަރ ކޮށްދެއްވީ އުރީދޫ މޯލްޑިވްސް، ނައިޑް ލިވިންގ އަދި ޖިމް އެކްސް ގެ ފަރާތުންނެވެ.
2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ޙާޞިލްކުރި މުވައްޒަފުން
އެމްޕްލޯއީ އޮފް ދަ އިޔަރ:
  • ޝިފާ ޢަލީ މުރުތަޟާ - އެޑްވޮކޭޓަރ  
ގޯލްޑް ޕާފޯމާރސް:
  • މަރިޔަމް ފިތުރާ ފަޟީލް – އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ޝައުފާ ރަޝާދު – ސީނިއަރ ފައިނޭންސް އޮފިސަރ
  • ޙަސަން އިސްމާޢީލް – ސީނިއަރ ސިސްޓަމް އެނަލިސްޓް
ސިލްވަރ ޕާފޯމާރސް:
  • މަލްދާ ޙަމީދު – ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ޝަފާހު ދާއޫދު – ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ
  • އަޙްމަދު ވިސާމް – އެޑްވޮކޭޓަރ، ޕަބްލިކް ފައިނޭންސް
ޕާރފެކެޓް އެޓެންޑެންސް:
  • ޝިފާ ޢަލީ މުރުތަޟާ – އެޑްވޮކޭޓަރ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑަކީ މިއޮތޯރިޓީގެ މުވައްޒަފުން މަސައްކަތްތަކަށް ޝައުގުވެރިކުރުވުމާއި، ގިނަދުވަހު އޮތޯރިޓީގެ ވަޒީފާގައި ދެމެހެއްޓުމާއި، މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ ހަލުވިމިން ކުރިއެރުވުމާއި، ރަނގަޅު އަޚުލާގެއްގެ މަތީ ދެމިތިބުމަށް މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި 2016 ވަނަ އަހަރު މި އޮތޯރިޓީއަށް ތައާރަފްކުރެވި މުވައްޒަފުންނަށް ދޭން ފަށާފައިވާ އެވޯޑެކެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް